ވެމްކޯގެ އަމާޒަކީ ސަރުކާރަށް ބަރޯސާނުވެ ހިންގާ ކުންފުންޏަކަށް ހެދުން: އެމްޑީ

1 month ago

އަފްރާހް

ވެމްކޯގެ އަމާޒަކީ ސަރުކާރަށް ބަރޯސާނުވެ ހިންގާ ކުންފުންޏަކަށް ހެދުން ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލު ވިދާޅުވެއްޖެއެވެ.


ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރއަށް އައިއިރު ހިންގުމުގެ ޚަރަދު 46 އިންސައްތަ ކުޑަކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެއީ 40 މިލިއަނުން 12 މިލިއަނަށް ޚަރަދުތައް ކުޑަކުރެވުން ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން އަމާޒަކީ އަންނަ އަހަރު މެދާއި ހިސާބަށް 50 އިންސައްތަ ރިސޯޓުތައް ކަވަރ ކުރުން ކަމަށާއި އޭރުން ގާތްގަނޑަކަށް 15 މިލިއަނާއި 17 މިލިއަނާއި ދެމެދު އާމްދަނީއެއް އެ ކުންފުންޏަށް ލިބޭނެ ކަމަށް އެމްޑީ އަންދާޒާ ކުރައްވައެވެ.


އެމްޑީ އިތުރަށް ވިދާޅުވީ މިހުރިހާ މަސައްކަތާކާއެކު ވެމްކޯ އިން އަމާޒު ހިފާފައިވަނީ ސަރުކާރަށް އެކުންފުނި ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް ކަމަށެވެ. އަދި އަންނަ އަހަރުގެ މެދެއްތެރޭގައި ފައިދާވާ ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު