އެމްޓީސީސީން މާލެ ސަރަހައްދުގެ ބަސްދަތުރުތައް ފަތިހު 5 ޖަހާއިރު ފަށަނީ

1 month ago

އަފްރާހް

އެމްޓީސީސީން މާލެ ސަރަހައްދުގެ ބަސްދަތުރުތައް ފަތިހު 5 ޖަހާއިރު ފަށަން ނިންމައިފިއެވެ.


އެ ކުންފުނިން މީޑިއާ އަށް ހިއްސާކުރި މައުލޫމާތުގައި ވަނީ މިގޮތަށް ނިންމީ ކަސްޓަމަރުންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކަށް ރިޔާއަތްކޮށް، މެނޭޖިންގި ޑިރެކްޓަރުގެ އިރުޝާދާއެކުގައި ކަމަށެވެ.


އެގޮތުން ސެޕްޓެމްބަރ 8 ވާ އާދީއްތަ ދުވަހުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދަށް ފޯރުކޮށްދެމުންދާ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R1, R2, R6, R7, R8, R10, R11 އަދި R12 ރޫޓުގެ ދަތުރުތައް ފަށާނީ ފަތިހު 5 ޖަހާއިރު ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.


މި ރޫޓުތަކުގެ ދަތުރުތައް މިހާރު ފަށަނީ ހެނދުނު 6 ޖަހާއިރުއެވެ.


އެމްޓީސީސީން ވަނީ މިކަމުގެ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެދިލައްވާފައެވެ.


އާރްޓީއެލް ބަހުގެ ހިދުމަތަކީ ގިނަ ބަޔަކު ބަލައިގެންފައިވާ އަދި ގިނަ އަދަދަކަށް ކޮންމެ ދުވަހަކު ވެސް މީހުން ދަތުރުކުރުމަށް ބޭނުންކުރަމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓެކެވެ. ހާއްސަކޮށް ހަފުތާ ބަންދުގައި އެ ހިދުމަތް ހޯދާ ފަރާތްތައް ދެގުނައަށް އިތުރުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު