އިމިގްރޭޝަންގެ ހާއްސަ ރެއިޑެއް، ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބިދޭސީންތަކެއް އަތުލައިގަނެފި

1 month ago

އަފްރާހް

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ހާއްސަ ރެއިޑެއްގައި ކަޅު ބާޒާރުގައި ވިޔަފާރިކުރަމުންދިޔަ ފަސް ބިދޭސީން އެ އިދާރާގެ ބެލުމުގެދަށަށް ގެނެސްފިއެވެ.


އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި މިއީ ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ސެޕްޓެމްބަރ 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެެވެ.


މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ހާމަކުރައްވައްވައެވެ. އަދި މި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ވަނީ ފެނިފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.


އިމިގްރޭޝަނުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށާއި އިތުރު ތަފްސީލު ފަހުން ހިއްސާކުރައްވާނެ ކަމަށެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީން ހަމަމަގަށް އެޅުވުމަށް ކުރަމުން އަންނަ މަސައްކަތުގެތެރެއިން އިމިގްރޭޝަނުން އަންނަނީ ކޮންމެދުވަހަކު ވެސް ތަންތަން ބަލައި، ފާސްކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދަނީ ޑީޕޯޓު ވެސް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

ހުސެން

ތިކުރާ މަސައްކަތައްހަމަސާބަސް

1 month ago