އަޒަރުބައިޖާން އެއަރލައިންގެ ދަތުރުތައް ރާއްޖެެއަށް

1 month ago

އަފްރާހް

އަޒަރުބައިޖާން އެއަރލައިންގެ ދަތުރުތައް ރާއްޖެެއަށް ފެށުމަށް ނިންމާ، އެކަން ހާމަކޮށްފިއެވެ.


އެ އެއަރލައިންގެ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާއިރު، މި ދަތުރުތައް ކުރާނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.


ހަފުތާއަކު ދެ ދަތުރު މި އެއަރަލައިނުން ކުރުމަށް ތާވަލުކޮށްފައި ވެއެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 787 ޑްރީމްލައިނަރ އެއަރކްރާފްޓް ކަމަށް ވަނީ ހާމަކޮށްފައެވެ.


މިއީ ގާތްގަނޑަކަށް 6 ގަޑިއިރުގެ ދަތުރެކެވެ. އަދި މިއީ އަޒަރުބައިޖާން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރު ވެސް މެއެވެ.


ރާއްޖެއަށް މިހާރު ވެސް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން އަންނަނީ ދަތުރުކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިވަގުތު ބައިނަލްއަގްވާމީ 42 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު