ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ މީހަކު ނިޔާވެއްޖެ

1 month ago

އަފްރާހް

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ މީހަކު ނިޔާވެއްޖެއެވެ.


މިއީ ރޭ ދަންވަރު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތީގައި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ.


މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ ކަރެކްޝަނަލް ސަރވިސް އޮފިސަރެކެވެ. އަދި އެއީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ވިދާޅުވެފައެވެ. 


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.


މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައެވެ.


ޢެހެންނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުތާ ގާތްގަނޑަކަށް 20 ވަރަކަށް މިނެޓު ތެރޭ އޭނާ ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު