7 months ago
ފިޝަރީޒް ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރެއްވި އަހުމަދު ސަމާހު ރަޝީދު އައްޔަން ކުރައްވައިފިއެވެ.
އޭނާ މިފްކޯގެ ސީއީއޯ ގެ މާގަމުން ވަކިކުރައްވާފައިވަނީ މޭ 21 ވަނަ ދުވަހުއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން މޭ 21 ވަނަ ދުވަހުން ފެށިގެން ސަމާހު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ހާމައެއް ނުކުރައްވައެވެ.
އޭނާ އެ މަގާމުން ވަކިކޮށްފައި މިވަނީ ހުށަހެޅި މައްސަލައަކާއި ގުޅިގެން، ކޮށްފައިވާ ވަގުތީ ސަސްޕެންޝަން އުވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ. އޭނާ ސަސްޕެންޑުކޮށް، މަގާމުން އެކަހެރިކުރީ މިދިޔަ މާރޗު މަހުގެ 18 ވަނަ ދުވަހުއެވެ.