ސީޕީި އަލީ ސުޖާއުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

1 month ago

އަފްރާހް

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ބައްޕާފުޅު، ޢަބްދުއްސަލާމް ޢަލީ އަވަހަރާވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.


މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަރްހޫމް އަބްދުއްސަލާމް އަކީ ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ ޚުލްގު ހެޔޮ ބޭފުޅެއް ކަމަށެވެ. އަދި ޢަބްދުއްސަލާމް ޢަލީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމަށެވެ.


އެމަނިކިުފާނު އިތުރަށް ވިދާޅުވީ މަރުޙޫމް ޢަބްދުއްސަލާމް ޢަލީއަކީ ހއ. ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ފަރާތެއް ކަމަށެވެ.


އެމަނިކުފާނު ވަނީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވައި، މާތް ރަސްކަލާނގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރުޙޫމް ޢަބްދުއްސަލާމް ޢަލީ ލެހެއްޓެވުމަށް ދުޢާ ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު