ސަފީރު އިބްރާހިމް ޝަހީބުގެ ބެންގަލޫރު ދަތުރުފުޅު ނިންމަވާލައްވައިފި

1 month ago

އަފްރާހް

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު ބެންގަލޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.


މިއީ ކޮންސިއުލަރ ކަންކަމުގައި ދިވެހިން އާންމުކޮން، ހިދުމަތް ހޯދުމަށް ދާންޖެހޭ ބެންގަލޫރުގެ އިދާރާތަކާއި އެހެނިހެން ކަންކަމުގައި މުއާމަލާތް ކުރަން ޖެހޭ، މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.


މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބެންގަލޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް، ކަރްނަޓާކާ ސްޓޭޓްގެ ފޮރިނަރސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފިސަރާއި ޕްރިންސިޕަލް ކޮމިޝަނަރ އޮފް ކަސްޓަމްސް އަދި އައުޤާފު ބޯޑުގެ ސީއީއޯ އާއި ބައްދަލުކުރައްވާފައެވެ.


މީގެއިތުރުން ދިވެހިން ގިނައަދަދަކަށް ހިދުމަތް ހޯއްދަވާ ބެންގަލޫރުގެ ދެ ހޮސްޕިޓަލެއްކަމުގައިވާ އެން.ޔޫ ހޮސްޕިޓަލާއި އެޗް.ސީ.ޖީ. ހޮސްޕިޓަލްގެ އިސްބޭފުޅުއްނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.


މިބައްދަލުކުރެއްވުންތަކުގައި ސަފީރު ވަނީ ބެންގަލޫރުގައި ދިރިއުޅުއްވާ އަދި ޒިޔާރަތް ކުރައްވާ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް ރާއްޖޭގެ ހައިކޮމިޝަން އާއި މި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.


ހަމަމިއާއެކު ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންގެ ތެރެއިން ބައެއް ރައްޔިތުންނާ ވެސް ސަފީރުވަނީ މި ބައްދަލުކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު