ގެސްޓްހައުސް އަކަށް ފިރިހެނަކު ގެންގޮސް ފޭރުނު އަންހެނަކު ހައްޔަރުކޮށްފި

1 month ago

އަފްރާހް

ގެސްޓްހައުސް އަކަށް ފިރިހެނަކު ގެންގޮސް ފޭރުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނަކު ހުއްޓުވައި، ކޮޓަރިއަކަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެންސްޓްހައުސް އަކަށް ގެންގޮސް ފޭރުނު މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.


އެކަމުގައި ހަރަކާތްތެރިވެފައިވާ އަންހެން މީހާ، އިތުރު ފިރިހެނަކާ ބައިވެރިވެ، ދިވެހި ފިރިހެނެއް ރަހީނުކޮށް ފޯނާއި ކޭޝް ކާޑު އަތުލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާގެ އެކައުންޓުން 53000 ރުފިޔާ ފޭރިފައިވާ ކަމަށް ވެސް ވަނ ވިދާޅުވެފައެވެ.


ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ މަރަދޫ، ކުންނާރުގެ، އުމުރުން 27 އަހަރުގެ ޢާއިޝަތު މަލްޖާ މޫސާދީދީ ކަމަށެވެ.


އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންފާ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު