އެސްވަޓީނީގެ މިނިވަންދުވަހުގެ ތަހުނިޔާ މިނިސްޓަރ ޒަމީރު ފޮނުއްވައިފި

1 month ago

އަފްރާހް

އެސްވަޓީނީގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ފޯލިލޭ ޝަކަންޓޫއަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.


ޚާރިޖީ ވަޒީރު ފޮނުއްވި މެސެޖުގައި، އެޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެސްވަޓީނީގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.


މި މެސެޖުގައި، ދިވެހިރާއްޖެއާއި އެސްވަޓީނީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވަޒީރު ޒަމީރު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އެރުވިއެވެ. 


ހަމައެއާއެކު، އެސްވަޓީނީގެ ޚާރިޖީ ވަޒީރަށާއި ރައްޔިތުންނަށް އުފާފާގަތިކަމަށްވެސް އެދިވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު