ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ދިރާސާ ހެދުން ޗައިނާ އަށް

5 months ago

އަފްރާހް

ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ދިރާސާ ހެދުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.


އެ ހޮސްޕިޓަލާއިގުޅޭ ފީސިބިލިޓީ ސްޓަޑީއާއި ދިރާސާތައް ހެދުމަށް ރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގްއެވެ.


ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫއެެކެވެ.


މިނިސްޓަރ ޑރ . ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދުން ކަމަށެވެ. އެގޮތުން ޕްރޮޖެކްޓްގެ ޓައިމްލައިނާއި ޑިޒައިން އަދި ދޭނެ ޚިދުމަތްތަކާ ގާއިމުކުރާނެ ވަސީލަތްތަކާ ގުޅޭ ދިރާސާ ކުރާނެކަމަށެވެ.


މީގެއިތުރުން މި ދިރާސާތައް ކުރުމަށް ހާއްސަ ޓީމެއް ވަރަށް އަވަހަށް ޗައިނާ އިން ރާއްޖެއަށް އަންނާނެކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު