އުރީދޫ މަސްރޭސް: ނައިފަރު ޗެމްޕިއަންއަކީ ހުސްބުޅި

1 month ago

އަފްރާހް

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 ޅ. ނައިފަރު ގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފިއެވެ.


އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބާއްވާފައެވެ.


ނައިފަރު މަސްރޭހުގައި ރެޖިސްޓަރ ކުރި 18 ޓީމާއެކު މި މުބާރާތް ފަށާފައިވަނީ 6 ސެޕްޓެމްބަރ ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފައެވެ.


ޗެމްޕިއަން ޓީމަކަށް ހުސްބުޅި ހޮވުނީ 921.4 ޕޮއިންޓާއެކުގައެވެ. އަދި ދެވަނަ ޓީމަކަށް 698.45 ޕޮއިންޓާއިއެކު ޗިލް ބްރޯޒް ހޮވުނުއިރު، ތިންވަނަ ޓީމަކަށް ޓީމު ކޮރަކަލި ހޮވުނީ 438.3 ޕޮއިންޓާއެކުގައެވެ.


މީގެއިތުރުން އެންމެ ބަރު މަސް ބޭނި މީހަކަށް ޓީމު އަލިފަސްގެ މުހައްމަދު ނަޝީދު ހޮވުނީ 9.4 ކިލޯގެ މުޑަ ހަންޖެއް ބާނައިގެންނެވެ. އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ޗިލް ބްރޯޒްގެ އަލީ އަބްދު ހޮވުނީ 24 މަސް ބާނައިގެންނެެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ 15 މަސް ބާނައިގެން ޓީމު ކޮރަކަލީގެ ޖަވާދާ އަހްމަދުއެވެ.


އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ޅ. ނައިފަރުގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު