އިސްދޫގައި ފަސްޓް އެއިޑް ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

1 month ago

އަފްރާހް

ހައްދުންމަތީ އިސްދޫ ކަނބަލުންނަށް ފަސްޓް އެއިޑް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އެރަށު ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.


ސެޕްޓެންބަރު 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި އެ ރަށުގެ 56 ކަނބަލުން ބައިވެރިވިއެވެ.


މިސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސީޕީއާރުއާއި، ފިހިގެންނާއި ކަނޑައިގެން ލިބޭ ޒަޚަމްތަކާ އަދި ފްރެކްޗަރއަށް އަވަސް ފަރުވާދޭނެގޮތްތައް ކިޔައިދީ، އަދި ޢަމަލީގޮތުން އެ ބައިތައް ސެޝަންގެ ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.


މި ސެޝަންތަކުގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.


ކިޔުންތެރިންގެ ހިޔާލު