މަގުތަކަކީ ރައްކާތެރިތަނަކަށް ހެދުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން: މިނިސްޓަރ

1 month ago

އަފްރާހް

މަގުތަކަކީ އެންމެނަށް ރައްކާތެރި އަމާންތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރެއްވުމަށް އާންމުންގެ ކިބައިން ޓްރާންސްޕޯޓު މިނިސްޓަރ މުޙައްމަދު އަމީން އިލްތިމާސްކުރައްވައިފިއެވެ.


އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި މިނިސްޓަރ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދާ އެއްގޮތަށް މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒީ އިދާރާތަކާގުޅިގެން އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


މީގެއިތުރުން ޓްރެފިކް ގަވާއިދުތަކާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް، މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައި ވެއެވެ.


ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، މުހިންމު 8 ކަމެއް ތަންފީޒުކުރަން ފަށަން، ކަމާއިބެހޭ ހުރިހާ މުއައްސަސާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައި، އެކަންކަން ރޭ ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު