މަގާމާތުލް ގުރްއާނިއްޔާ ޕްރޮގްރާމް ފަށައިފި

1 month ago

އަފްރާހް

"މަޤާމާތުލް ޤުރްއަނިއްޔާ"ގެ ނަމުގައި ސަލްމާން މިސްކިތުގައި ދިގުރާގަށް ޤުރުއާން ކިޔެވުން ފަށައިފިއެވެ.


މިއީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ ސަލްމާން މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.


މި ޕްރޮގުރާމް ފެއްޓުމަށް ސެޕްޓެމްބަރ 6 ވީ ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ފުރަތަމަ މަހެފިލްގައި ގިނަ އަދަދެއްގެ ކުދިން ވަނީ ބައިވެރިވެފައެވެ.


ގުރްއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހިކުރުމުގެ މަގުސަދުގައި ފެށި މި ޕްރޮގުރާމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މި ޕްރޮގުރާމުގެ ތެރެއިން ކުޅަދާނަ ޒުވާން މޮޅު ޤާރީން މި ތިލާވަތު މަހެފިލްގައި ފެނިގެންދާނެ ކަމަށެވެ.


ކީރިތި ގުރުއާނުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގުރުއާނާއި ބެހޭ ގައުމީ މަރުކަޒަށް ހާއްސަ އައު އިމާރާތެއް ހުޅުމާލޭގައި ގާއިމްކުރުމަށް ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ނިއްޗަޅޭ

ފޭކު ވާހަކަ ނުދައްކާ ަޝަހީމް. ޤުރްއާނާއި ބެހޭ މަރުކަޒަކީ ސިޔާސީ އައްޑާއެއް.

1 month ago