ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް ހާއްސަ ހަރަކާތްތަކެއް

1 month ago

އަފްރާހް

ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މާލޭގައި ބާއްވައިފިއެވެ.


ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ.


ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.


ގިނަ އަދަދެއްގެ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.


މި ހަރަކާތް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މިއަދު ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން ހުޅުމާލެ ފުރަތަމަ ފިޔަވަހި، މެރީބްރައުން ސަރަހައްދުގައި ވެސް މި ހަރަކާތް ކުރިއަށްދާނެއެވެ.


ކުރީގެ އެންސެސްއެސް ގެ ދަށުން ގެންދިޔަ ފުލުހުންގެ ހިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި 2024 ސެޕްޓެމްބަރު 1 ގައި މަދަނީ ހިދުމަތެއްގެ ގޮތުގައި ދޭން ފެށި ހިދުމަތަށް މިއަހަރު ވަނީ 20 އަހަރު ފުރިފައެވެ.


ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު