ބީއެމްއެލް މާސްޓަރ ކާޑު ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މުހުދިން އާއި ޒާއިން

5 months ago

ސާއި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓަރ ކާޑު ބޭނުންކުރާ ފަރާތްތަކަށް ހުޅުވައިލި ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ހާއްސަ ޕްރޮމޯޝަންގެ އިނާމު ލިބޭ ފަރާތް ހޮވައިފިއެވެ.


އެގޮތުން ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ހާއްސަ ފަރާތަކީ އައްޑުސިޓީ މަރަދޫ، ހުސްނޫވިލާ / މުޙައްމަދު މުހުދިން އެވެ. އަދި މި ޕްރޮމޯޝަންގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަމަށްވާ ފައިނަލް މެޗުގެ ޕްލޭޔަރ މެސްކޮޓްގެ ދަށުން ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ މުހުދިންގެ ކޮއްކޮ، އިބްރާހިމް ޒާއިން ޒިޔާދުއަށެވެ.


ބީއެމްއެލް އިން ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި އެ ދެ ފަރާތަށް ވެސް ހުރިހައި ޚަަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ލަންޑަން ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަނާއި ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓު ދިނުމަށް ވަނ ހަމަޖެހިފައެވެ. އަދި ޕޮކެޓް މަނީ އާއި ވެލްކަމް ގިފްޓެއް ވެސް ދިނުމަށް ހަމަޖެހިފައި ވެއެވެ.


ބީއެމްއެލް އިން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހައި މުއާމަލާތްތަކެއް ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު