ހުޅުމާލޭގައި އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

1 month ago

އަފްރާހް

ހުޅުމާލޭގައި އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ބްރިޖް ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ މަގު ކަންމަތީގައި ހުންނަ ވިލާ ޕެޓްރޯލް ޝެޑުކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.


މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަަކަށް ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.


އެހެންނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު އަދިހާމައެއް ނުކުރައްވައެވެ. އެ ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ.


މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގުކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.


ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ހެނދުނު 06:50 ހާއިރު ވެސް ވަނީ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަަހީގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.


މީގެއިތުރުން، މިދިޔަ ހުކުރު ދުވަހު ވެސް ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ޒުވާނާ ވަނީ ނިޔާވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު