މާއުނގޫދޫގައި ބޭއްވި ސަގާފީ ހަވީރު ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

1 month ago

އަފްރާހް

އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ.


މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު ގުޅިގެން މާއުނގޫދޫ ސިއްހީ މަރުކަޒު ސަރަހައްދުގައި ކުރިޔަށްދިޔަ މި ސަޤާފީ ހަވީރުގައި ގައުމީ ދުވަހާ ގުޅިގެން މާއުނގޫދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ތައްޔާރުކޮށްފައިވާ އިހުގެ ދިވެހީންގެ ދިރިއުޅުމާއި، ކޮށްއުޅުނު މަސައްކަތް ދައްކުވައިދޭ ސްޓޯލްތަކެއް ވެސް އެސަރަޙައްދުގައި ގާއިމުކޮށްފައިވެއެވެ.


މިހަވީރުގައި މާއުނގޫދޫ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ގައުމީ ދުވަހާ ގުޅުވައިގެން ތަމްސީލާ ދުވަހާގުޅޭ ބައެއް އައިޓަމްތައް ހުށަހެޅުންވެސް އޮތެވެ.


މިސަޤާފީ ހަވީރުގައި ހުށަޅައިދިން ހަރަކާތްތަކާ އެތަނުގައި ގާއިމުކޮށްފައިހުރި ސަޤާފީ ސްޓޯލްތައް ނައިބު ވަނީ ބައްލަވާލެއްވިއެވެ. އަދި މި ހަވީރުގެ ހަރަކާތްތަކުގައި އެރަށުގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާ ޢާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު