3 months ago
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފަތަރެއް އެކުލަވާލައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެކެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އެކުލަވާލައިފާވާ މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 08 ސެޕްޓެމްބަރ ވާ ދުވަހުގެ މެންދުރުފަހު 2 ޖަހަންދެންނެވެ.
މި ދަފްތަރުގައި، ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ބޭފުޅުން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގަލް ފޯރމް ފުރިހަމަކުރުމަށްފަހު ރަޖިސްޓަރީ ކުރެވޭނެއެވެ.
"ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024" (05 އޮގަސްޓް) ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
މި ދަފްތަރާއި ގުޅޭ އިތުރު މަޢުލުމާތު ހޯއްދެވުމަށް ގުޅުއްވާނީ 3026930/3026951 އަށެވެ. އަދި އީ-މެއިލް ކުރައްވާނީ recruitment@mohe.gov.mv އަށެވެ.