ރައީސް އިންޑިއާ އަށް ވަޑައިގަންނަވަނީ

1 month ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.


މިކަން ހާމަކުރެއްވީ ސެޕްޓެމްބަރ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައަދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެވެ.


ހީނާ ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ދަތުރުފުޅު ކުރެއްވުމަށް އެންމެ ރަނގަޅު ތާރީޚަކީ ކޮބައިތޯ މަޝްވަރާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ދަތުރުގެ ތާރީޚު ކަނޑައަޅާނީ ދެ ގައުމުގެ އިސްވެރިންނަށްވެސް އެންމެ ފަސޭހަ ތާރީޚަށް ބެލުމަށްފަހު ކަމަށެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއަހަރުގެ ޖޫން މަހު ކުރެއްވި އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން، ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.


ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު