މަޓާޓޯ އާއި އައިސް ނެޓްވަރކް ގުޅިގެން މަޓާޓޯ ޓޯކްސް އުފައްދަނީ

3 months ago

އަފްރާހް

އައިސް ނެޓްވަރކާއި ގުޅިގެން މަޓާޓޯއިން މުޅިން އައު ޓީވީ ސީރީޒްއެއްކަމަށްވާ “މަޓާޓޯ ޓޯކްސް” އުފެއްދުމަށް އެއްބަސްވެއްޖެއެވެ. 


މަޓާޓޯ ޓޯކްސްގެ ފުރަތަމަ އެޕިސޯޑް ދެއްކުމަށްހަމަޖެހިފައިވަނީ ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 އޮކްޓޯބަރު ގައެވެ. އެއަށްފަހު 12 މަސް ދުވަހުގެ މުއްދަތަށް، މަހަކު އެއް އެޕިސޯޑް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.


ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ބައިތަކަށް ޙާއްސަކޮށްގެން ކޮންމެ މަހަކު އާ އެޕިސޯޑްތައް ދައްކަން ރާވާފައިވާއިރު، ޓޯކް ޝޯ ހުށަހަޅާ ފަރާތުން އާންމުންނަށް އެކި ސެގްމަންޓްތަކުގެ ދެ ތަޖުރިބާކާރުން ގެނެސްދެއްވައި، ގުޅުންހުރި މުޙިއްމު ކަންކަމާއި ބެހޭގޮތުންް މަޝްވަރާކުރާ މި ޝޯ ދައްކާނީ އައިސް ނެޓްވަރކްގައެވެ.


ޝޯވތަކަށް ސްޕޮންސަރޝިޕްގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. 


ކިޔުންތެރިންގެ ހިޔާލު