މުންޑޫ ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

1 month ago

އަފްރާހް

ހައްދުންމަތީ މުންޑޫގައި އެ ރަށުގެ ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.


މިއީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި، ލ. މުންޑޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


ސެޕްޓެންބަރު 9 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފަށްޓަވައިދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެސް 1، ކެޕްޓަން ޢަބްދު ފިޔާޒުއެވެ.


މި ޕްރޮގްރާމްގައި އެ ރަށުގެ 29 ކަނބަލުން ބައިވެރިވެފައިވެއެވެ.


މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު ކައުންސިލްއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު