ދ. އަތޮޅުގެ އިބަމަ ތަމްރީނުގައި ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ފިޔަވަހި ނިމިއްޖެ

1 month ago

އަފްރާހް

ދ. އަތޮޅުގެ އިޖުތިމާއީ ބަދަހި މަދަދުވެރިންނަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ފިޔަވަހި މިއަދުވަނީ ނިމިފައެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ މި ތަމްރީނުގެ މިއަދު ސެޝަންތަކުގައި ވަނީ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރުމަށް އެސެސްމެންޓް ކުރިއަށްގެންދާނެ ގޮތަށް އަލިއަޅުވާލާފައެވެ.


އޭގެ އިތުރުން، މި އެސެސްމަންޓަށް ބިނާކޮށް، އެ ފަރާތްތަކަށް އެހީތެރިވުމަށް އިންޓަވެންޝަން ޕްލޭންތައް އެކުލަވާލާނެ ގޮތުގެ މަޢުލޫމާތުވެސް ބައިވެރިންނާ ހިއްސާކުރެވުނެވެ.


މި ތަމްރީނުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢަމަލީ މަސައްކަތުގެ ބައި (މެޕިންގް މަރުހަލާ) ކުރިއަށްދާނީ ދ. އަތޮޅުގެ އެކި ރަށްރަށުގައެވެ. މި ޕްރޮގްރާމްގައި ދ. އަތޮޅުގައި ހިމެނޭ ހަ ރަށުން ޖުމްލަ 44 ފަރާތެއް ބައިވެރިވެފައިވާއިރު، މެޕިންގް މަރުހަލާ ފެށުމަށް ހަމަޖެހިފައިވަނީ 11 ސެޕްޓެމްބަރ ވާ ބުދަދުވަހުއެވެ.


އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. 


މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ. 


ކިޔުންތެރިންގެ ހިޔާލު