އެމްއެންޔޫ ފޮތް މައުރަޒު މާދަމާ ފަށަނީ

1 month ago

އަފްރާހް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބާއްވާ ފޮތް މަޢުރަޒު މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.


އެމްއެންޔޫ ސެންޓްރަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒު ކުރިއަށް ދާނީ މާދަމާއިން ފެށިގެން މިމަހުގެ 14 ވާ ހޮނިހިރު ދުވަހާއި ހަމައަށެވެ.


މިއިން ކޮންމެ ދުވަހެއްގެ ވެސް، ހަވީރު 4 ން އިރުއޮއްސި 6 އަށް އަދު ރޭގަނޑު 8 ން 10 ޖަހަންދެން މައުރަޒު ކުރިއަށް ދާނެއެވެ.


މީގެއިތުރުން މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހު، ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް އެމްއެންޔޫ އިން ހަމަޖައްސާފައިވެއެވެ.


މި މައުރަޒުގެ މަޤްސަދަކީ ދިވެހި ލިޔުންތެރިންނަށް ހިއްވަރުދިނުމުގެ ގޮތުން، އާންމުންނާއި ހިސާބަށް އެބޭފުޅުންގެ ލިޔުންތެރިކަން ފޯރުކޮއްދިނުމެވެ. އަދި ޝާއިއު ނުކުރެވި ހުރި ފޮތްތަތަށް އާންމުންނާއި ހިސާބަށް ގެނެސްދިނުމާއި، ދިވެހިންގެ ތެރޭގައި ފޮތްކިޔުމަށް އޮންނަ ލޯބި އިތުރުކުރުމާއެކު ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފޯރުކޮއްދިނުމެވެ.


މި މައުރަޒުގައި، ޖުމްލަ 25 ފަރާތަކުން ބައިވެރިވެލައްވާފައިވާއިރު، އެހެން ފަހަރުތަކާއި އެއްގޮތަށް، މިފަހަރު ވެސް މަރުކަޒުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު