ވެމްކޯ އިން ރިސޯޓު ކަލެކްޝަން ހިދުމަތް ނ. އަތޮޅުގައި ތައާރަފް ކޮށްފި

1 month ago

އަފްރާހް

ވެމްކޯ އިން ރިސޯޓު ކަލެކްޝަން ހިދުމަތް ނ. އަތޮޅުގައި ތައާރަފް ކޮށްފިއެވެ.


މި ހިދުމަތް އެ އަތޮޅުގައި ތައާރަފްކުރީ އެ އަތޮޅު ނޮކު މޯލްޑިވްސް އާއެކު ވެވުނު އެއްބަސްވުމާއެކުގައެވެ.


މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަހީދު އިބްރާހީމެވެ.


ރިސޯޓުތަކުން ކުނި އުކާލުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވަނީ ރިސޯޓްތަކުން ކުނި މެނޭޖުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރަމުން ނުދާތީކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެފައިވަނިކޮށްނެވެ. އަދި މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ރިސޯޓްތަކުން ކުނި އުކާލަން ހަވާލުކުރާ ކޮންޓްރެކްޓަރު، މޫދަށް ކުނި އެޅުން ނުވަތަ ޓްރާންސްފަރ ސްޓޭޝަނާ ހަމައަށް އެކަށީގެންވާގޮތުގައި އެ ކުނިތައް ނުގެންދާތީކަމަށް ވަނީ ވިދާޅުވެފައެވެ.


ވެމްކޯއިން މިހާރު ވަނީ ރިސޯޓްތަކުން ކުނި ނެގުމުގެ މަސައްކަތްތައް ފަށާފައެވެ. އެގޮތުން މި ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ރ. އަތޮޅުގެ 3 ރިސޯޓުގައެވެ.


ވެމްކޯއިން ވިދާޅުވީ ނ. އަދި ރ. އަތޮޅުގެ ރިސޯޓްތަކުން ނަގާ ކުނި ގެންދަނީ ވަންދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށްކަމަށެވެ.


މީގެއިތުރުން ރިސޯޓްތަކުން ކުނި ނެގުމުގެ ޚިދުމަތް ދިނުމަށްޓަކައި އިތުރު ރިސޯޓްތަކާއެކު ވެސް އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އާންމުގޮތެއްގައި ރިސޯޓްތަކާއެކު އެއްބަސްވުންތައް އެކުލަވަލަނީ 1 އަހަރުދުވަހުގެ މުއްދަތަކަށް ކަމަށާއި އެ ޚިދުމަތް ދިނުމަށް އެކި ޕެކޭޖްތައް ވެސް އެކުލަވާލާފައިވާކަމަށް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު