މާލެއާއި ހުޅުމާލެއިން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 month ago

އަފްރާހް

މާލެއާއި ހުޅުމާލެއިން މާދަމާ ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.


އެކުންފުނިން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރމާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނަރޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މާދަމާ ކުރާނެކަމަށެވެ.


އެގޮތުން 13 ސެޕްޓެމްބަރ ވާ ހުކުރު ދުވަހުގެ ހެނދުނު 6 ން ހެނދުނު 7 ޖެހުމާއި ހަމައަށް އެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ވަގުތު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.


ސްޓެލްކޯ އިން އިތުރަށް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ އެ ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު