ދަނޑުވެރި މަންފާގެ ނަމުގައި ޕްރޮގްރާމެއް

5 months ago

އަފްރާހް

"ދަނޑުވެރި މަންފާ" ގެ ނަމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ފަށައިފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މިއީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.


ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15،188،700.0 (ފަނަރަ މިލިއަން އެއްސަތޭކަ އައްޑިހަ އަށްހާސް ހަތްސަތޭކަ) ރުފިޔާގެ މެޗިންްގ ގްރާންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެ މިނިސްޓްރީ އާއި މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް، އެސްޑީއެފްސީ އަދި މިމިނިސްޓްރީއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.


އެ މިނިސްޓްރީން ވިދާޅުވީ މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ މެޕް ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕޮރޭޓިވް ސޮސައިޓީތަކަށް ކަމަށެވެ.


މި ގްރާންޓް ގެ އެކި ފިޔަފަހިތަކަށް ބެހިފައިވާއިރު، ފުރަތަމަ ފިޔަފަހި މި ހުޅުވާލެވެނީ ހަމައެކަނި ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ. މި ގްރާންޓް ސްކީމްގެ މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް މިހާރުވެސް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިއަށް އެބަދެއެވެ. އަދި ސްކީމްގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީ ޕޯޓަލުން 25 ޖޫން އިން ފެށިގެންނެވެ.


އިއުލާން ކުރާތާ އެއްމަސްދުވަހުގެ މުއްދަތެއް އެޕްލިކޭޝަން ހުށަހެޅުމާއި ދެމެދު ދެވިފައިވަނީ މި ސްކީމަކީ ފުރަތަމަ ހުށަހަޅާ އެޕްލިކޭޝަންތަކަށް ފުރަތަމަ ގްރާންޓް ދޫކުރާގޮތަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމުން، ދަނޑުވެރިންނަށް އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ލިޔެކިއުންތައް ތައްޔާރުކުރުމަށް ފުރުޞަތު ދިނުމުގެގޮތުންނެވެ.  


ކިޔުންތެރިންގެ ހިޔާލު