އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމުގެ ހުރިހައި ތައްޔާރީއެއް ވެއްޖެ

1 month ago

އަފްރާހް

އިހަވަންދިއްޕޮޅުގައި އޮފުޝޯ ބަންކަރިން ފެށުމަށްޓަކައި ވާންޖެހޭ ހުރިހައި ތައްޔާރީއެއްވެ، ނިމިފައިވާކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.


ފޭސްބުކްގައި އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ އެ ހިދުމަތް ފެށުމަށް ބަންކަރިންގ ދެ ބޯޓާއި ޓަޖު ބޯޓަކާއި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިފަދަ އިންޓަރނޭޝަނަލް ހިދުމަތެއް ދިނުމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަރނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު ވެސް ގާއިމްކޮށްފައިވާ ކަމަށެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޝުކުރު އަދާކުރައްވައި، ވަޖީހު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ފަށްޓަވައި ދެއްވަވަނީ، މިގައުމުގެ އިގުތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލްތަކެއް ގެނެސް ދޭނެ ހިދުމަތެއް ކަމަށެވެ.


މިއީ މިގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއް ކަމުގައި ވަޖީހު ފާހަގަކުރެއްވިއެވެ.


ބަންކަރިންގ ހިދުމަތާއި އެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތްތަކެއް މިސަރަހައްދުން ފޯރު ކޮށްދޭނެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށް ވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތު ތައް ފަހި ވެގެން ދާނެއެވެ.


ރާއްޖޭގެ އުތުތުގައި މިފެށޭ ބަންކަރިންގ ހިދުމަތާއި އެކު އެސަރަހައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ހިދުމަތްތައް ސާފު ވާނޭހެން މިކަމަށްވަނީ ހާއްސަ ވެބްސައިޓެއް ވެސް ތައްޔާރު ކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު