ރާއްޖެއާއި ޗައިނާގެ ފައިސާ މުއާމަލާތް ކުރެވޭ ފަހުމުނާމައިގާ ސޮއި ކޮށްފި

1 month ago

އަފްރާހް

ރާއްޖެއާއި ޗައިނާއިން ދެގައުމުގެ ފައިސާ މުއާމަލާތް ކުރެވޭ ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.


މިއީ ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް، (ޕީބީއޯސީ) އާ ދެމެދު ވެވުނު އެެއްބަސްވުމެއް ކަމަށެވެ. 


އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މީގެ ސަބަބުން ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.


މިފަހުމުނާމާގެ ދަށުން ދެ ގައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ޤާއިމުކުރާނެއެވެ. އަދި ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް ވެސް އިތުރުވެގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.


މިއީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ބައިނަލްއަގްވާމީ މުހިންމު ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ވިޝަނަރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. 


ކިޔުންތެރިންގެ ހިޔާލު