ވަޒީފާ އިން ވަކިކުރާ މީހުންގެ ލިސްޓަށް ޒުހޫރުގެ ނަން

5 months ago

އަފްރާހް

ވަޒީފާ އިން ވަކިކުރާ މީހުންގެ ލިސްޓަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަން އަހްމަދު ޒުހޫރުގެ ނަން އިތުރުވެއްޖެއެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ޒުހޫރު އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އައްޔަންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި އޭނާ މަގާމުން ވަކިކުރައްވާފައިވަނީ މޭ 22 ވަނަ ދުވަހުއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިފަހަކަށް އައިސް ގެންދަވަނީ ބައެއް ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކުރައްވައި، އެހެން މަގާމުތަކަށް އައްޔަން ކުރައްވަމުންނެވެ. އަދި ބައެއް ބޭފުޅުންނަށް އެހެން ވުޒާރާތަކުން މަގާމު ގެންދަވަނީ ދެއްވަމުންނެވެ.


އެގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އައްޔަންކުރެއްވި ފާތިމަތު ތައުފީގު ވަނީ މޭ 22 ވަނަ ދުވަހު އެ މަގާމުން ވަކިކުރައްވާފައެވެ. ހަމަމިއާއެކު އެ ކޯޕަރޭޝަންގެ ޗެއަރޕާރސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ވަނީ މޭ 21 ވަނަ ދުވަހުގެރޭ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.


މީގެއިތުރުން މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރެއްވި އަހްމަދު ސަމާހު ރަޝީދަށް ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު