ކެޔޮދޫއަށް އައު ޖަނަރޭޓަރު ސެޓެއް ގެންގޮސް ރައްޔިތުންނަށް އުފާވެރިކަން

5 months ago

އަފްރާހް

ވ. ކެޔޮދޫއަށް އައު ޖަނަރޭޓަރު ސެޓެއް ގެންގޮސްފިއެވެ.


ސްޓެލްކޯ އިން މިކަން ހާމަކުރައްވާފައިވަނީ 'އެކްސް' ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ މިއީ އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެންދިޔަ ޖަނަރޭޓަރު ސެޓެއް ކަމަށެވެ.


އެގޮތުން 400kW ގެ ޖަނަރޭޓަރުސެޓެއް އެރަށަށް ފޮނުވައި، ކޮމިޝަން ކުރުމަށްފަހު ބޭނުން ކުރަން ފަށާފައިވާ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ޖަނަރޭޓަރު ސެޓާއެކު ކެޔޮދޫގެ ޕެނަލްބޯޑު އަޕްގްރޭޑްކުރެވި، އެކަމުގެ ފަސޭހަތައް ވެސް އެރަށުގެ ރައްޔިތުންނަށް ދަނީ ލިބެމުންކަމަށް ވިދާޅުވިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ މުހުތާދުތައް ފުއްދަވައިދިނުމަށް ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ހުސައިން ފަހުމީ ހަވާލުވެވަޑައިގެން އެ ކުންފުނީގެ މަސައްކަތްތައް ވަނީ އިތުރު ހަރުފަތަކަށް ގެންދެވުމުގެ ބުރަ މަސައްކަތް ފައްޓަވާފައެވެ.


ހާއްސަކޮށް ރައްޔިތުން ބަލައިގަންނަފަދަ ހިދުމަތެއް ދިނުމަށް ބާރު އަޅުއްވައި، ސްޓެލްކޯ އިން ދެމުންދާ ހިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު