ޝައިހް އިމްރާންގެ ރެސްޓޯރެންޓެއް ޕަޓާޔާގަ

1 month ago

އަފްރާހް

ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދު ތައިލެންޑުގައިި ރެސްޓޯރެންޓެއް ހުޅުވައިފިކަމަށް ބައެއް ފަރާތްތަތަކުން ހާމަކުރަން ފަށައިފިއެވެ.


ބައެއް މަސްދަރުތަކުން ހާމަކުރާގޮތުގައި އިމްރާން، ރެސްޓޯރެންޓު ހުޅުވާފައިވަނީ ތައިލެންޑުގެ ޕަޓާޔާގައެވެ. އަދި މިއީ ހަލާލު ކާބޯތަކެތި ވިއްކާ ރެސްޓޯރެންޓެކެވެ.


އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާނު މި ރެސްޓޯރެންޓު ހުޅުވާފައިވަނީ ބޭރުގެ ހިއްސާދާރަކާއެކު، އޭނާގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.


މިކަމާއި ގުޅުންހުރި ބަހެއް ލިބޭތޯ 'އޮއިވަރު' އިން ކުރި މަސައްކަތުން ޝެއިޚް އިމްރާނު ފޯނަށް ޖަވާބުނުދެއްވާތީ، އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.


އެމަނިކުފާނުގެ ދިރުއުޅުން ތައިލެންޑަށް ބަދަލުކުރައްވާފައިވަނީ އަނބިކަނބަލުން ކިޔަވާ ވިދާޅުވާތީއެވެ. 


ކިޔުންތެރިންގެ ހިޔާލު