ކަސްޓަމްސްގެ ބައެއް ހިދުމަތްތައް މިއަދު ވެސް ލިބޭނެ

1 month ago

އަފްރާހް

މިއަދަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްނަމަވެސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބައެއް ހިދުމަތްތައް ދެމުން އެބަގެންދެއެވެ.


މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަސް ކަމަށްވާތީއެެވެ.


އެހެންނަމަވެސް ކަސްޓަމްސް އިން ވިދާޅުވީ ކަސްޓަމްސްގެ ބައެއް ހިދުމަތްތައް އާންމު އުސޫލުން ކުރިއަށްދާނެ ކަމަށެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްތެއްގައި ވިދާޅުވެފައިވަނީ ޕެސެންޖަރ ކްލިއަރެންސް ސެކްޝަނާއި އެއަރ ކާގޯ ޑޮކިއުމެންޓޭޝަނާއި އެގްޒަމިނޭޝަން ސެކްޝަންގެ ކޫރިއަރ ކާގޯ ޔުނިޓުގެ މަސައްކަތް މިއަދު ވެސް ކުރާނެ ކަމަށެވެ.


މީގެއިތުރުން ކަނޑު އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓްވަރޑް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި ހާބަރ މެނޭޖްމަންޓް ސެކްޝަނުން ވެސް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ކަސްޓަމްސް އިން ގެންދަވަނީ ސަރުކާރު ބަންދު ބައެއް ދުވަސްތަކުގައި ވެސް ރައްޔިތުންނަށް ދަތިނުވެ، ހިދުމަތް ދިނުމަށް ގިނަގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު