އާޓްސް ސްކޫލެއް ރާއްޖެއަށް ބޭނުން، އެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރ

5 months ago

އަފްރާހް

ރާއްޖެއަށް އާޓްސް ސްކޫލުގެ ބޭނުން ވަރަށް ބޮޑު ކަމަށާއި އެކަމުގެ މަސައްކަތްތައް މިނިސްޓްރީގެ ފަރާތުން ކުރަމުންދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މޭ 22 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އާޓްސް ސްކޫލެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެސް ފާހަގަކުރައްވާފައިވާ ކަމެއް ކަމުގައެވެ. އަދި އެކަމާއިގުޅޭގޮތުން ރައީސް މަޝްވަރާކުރައްވާ ކަމަށެވެ.


އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރާ އާރޓްސް ސްކޫލެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


މީގެއިތުރުން މީޑިއާ ވިލެޖާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި އެ ވިލެޖުގެ މަސައްކަތް ނިމޭއިރު ނޫސްވެރިކަމުގެ މުޅިން އެހެން މިސްރާބަކަށް ދެވޭނެ ކަމަށޑެވެ. އަދި މިކަމާއިގުޅޭ ގޮތުން ކެބިނެޓުގައި ކަރުދާސް ފާސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު