ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ޕްރޮމޯޝަނެއް

1 month ago

އަފްރާހް

ރާއްޖޭގެ މުވާސަލާތީ އެންމެގިނަދުވަސްވީ ކުންފުނި، ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.


މިއީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން ކޮންމެ ހަފުތާއަކު އައިފޯން 15 ޕްރޯއެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ.


ދިރާގުން ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮމޯޝަންގައި 20 ރުފިޔާ އަށްވުރެ މަތިން ރީލޯޑް ކުރާ ޕްރީޕެއިޑް ކަސްޓަމަރުން ހިމެނޭނެ ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް އައިފޯން 15 ޕްރޯއެއް ލިބޭނެއެވެ.


މި ހިނގާ ސެޕްޓެމްބަރ މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑްް އަމަރު އަދި މަމެން ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އަދި ދިރާގު އެޕް، މައިއެކައުންޓް އަދި ޕާޓްނަރ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ވެސް މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ.


މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ހޯދުމަށް ReloadAndWin/ly.bit


ދިރާގުގެ ޕޯޓްފޯލިއޯގައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އެކި ޕްރީޕެއިޑް ޕްލޭންތައް ހިމެނިފައިވެއެވެ.


މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު WP4xpM/3ly.bit://https އިން ލިބޭނެއެވެ.


ދިރާގުން އަބަދު ވެސް ގެންދަނީ ކަސްޓަމަރުންނަށް ތަފާތު ގިނަ އައު އޮފަރތައް ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު