ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ޒަރީރު އިސްތިއުފާ ދެއްވައިފި

5 months ago

ސާއި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގެ ޗެއަރމަން ހަސަން ޒަރީރު އިސްތިއުފާ ދެއްވައިފިއެވެ.


އޭނާ އިސްތިއުފާ ދެެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމާއި ހަވާލުވެވަޑައިގަތުމަށެވެ. އެ މަގާމަށް ޒަރީރު އައްޔަން ކުރެއްވުމަށް ރަސއްޔިތުންގެ މަޖިީހުން ރުހުން ދެއްވާފައިވަނީ މި މަހު 14 ވަނަ ދުވަހުއެވެ.


ބޭންކު ހިންގާ ގަވައިދުގައިވާ ގޮތުން، ބޭންކުގެ ބޯޑު އެކުލެވިގެންވަނީ ސަރުކާރުން އައްޔަން ކުރާ 8 މެންބަރުންނާއި އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެންބަރުންނާއެކު 11 މެންބަރުންގެ މައްޗަށްށެވެ.


އެގޮތުން ޒަރީރު އިސްތިއުފާ ދިނުމާއި ގުޅިގެން މިވަގުތު ބީއެމްއެލް ބޯޑުގައި ތިއްބެވީ ނުވަ ޑައިރެކްޓަރުންނެވެ. އަދި އެ ދެމަގާމު ހުސްވެފައިވަނީ ސަރުކާރުން އައްޔަން ކުރައްވާ މެންބަރުންގެ މަގާމު ހުސްވުމާއި ގުޅިގެންނެވެ.


ޒަރީރު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރރޕާރސަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ މި އަަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު