ގަމަށް ދާން އޮތް ފްލައިޓަަކަށް ތިންފަހަރު ފަސެންޖަރުން އަރުވައި، އެންމެފަހުން ކެންސަލް

5 months ago

އަފްރާހް

އައްޑޫސިޓީ ގަމަށް ދާން އޮތް ފްލައިޓަަކަށް ތިންފަހަރު ފަސެންޖަރުން އެރުވުމަށްފަހު، އެންމެފަހުން ފްލައިޓު ކެންސަލް ކޮށްފިއެވެ.


އެ ފްލައިޓުން ދަތުރުކުރުމަށް ޗެކިން ވެ، އެންމެފަހުން ކެންސަލްވުމުން ދަތުރުނުރުކެރުބުނު ޕަސެންޖަރަކު 'އޮއިވަރު' އަށް ކިޔައިދިން ގޮތުގައި Q22118 އަށް އެންމެފުރަތަމަ ޗެކިންވީ ރޭ (22 މޭ) ގެ ދަންވަރު 11:30 ގައި ކަމަށެވެ.


އެއަށްފަހު، ތިން ފަހަރަށް ފްލައިޓަށް އެރުވި ކަމަށާއި ކޮންމެފަހަރަކު ވެސް ޓެކްނިކަލް މައްސަލައެއް އުޅޭކަމަށް ބުނެ ފްލައިޓުން ބާލަނީ ކަމަށް އޭނާ ބުންޏެވެ. އަދި މިއަދު 8:30 ގައި ދަތުރު ކެންސަލްވީ ކަމަށް ބުނެ، ކޮންމެ ޕަސެންޖަރަކަށް ކެންސަލޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ދިން ކަމަށް ބުންޏެވެ. އަދި ރެއަކީ ވަރަށް ވިއްސާރަ ރެޔަކަށްވުމާ ވެސް އެކުގައި ބައެއް ޕަސެންޖަރުންގެ ލަގެޖުތައް އެއްކޮށް ތެމިފައިވާ ކަމަށް ވެސް އޭނާ ވަނީ 'އޮއިވަރު' އަށް ކިޔައިދީފައެވެ.


މިހާދިސާ ހިނގާފައިވާއިރު، މިއަދު ވެސް ވަނީ މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ކެންސަލްކޮށްފައެވެ.


<blockquote class="twitter-tweet"><p lang="dv" dir="rtl">އަޅުގަނޑުމެންގެ އޭ320 ދިމާވި ޓެކްނިކަލް މައްސަލަޔަކާއި ގުޅިގެން، މިއަދު ގެ ގަން ފްލައިޓް ކެންސެލްކުރެވިފައިވާ ވާހަކަ ހިތާމައާއިއެކު ދަންނަވަމެވެ. އަޅުގަނޑުމެންގެ ޓީމުން މި މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ލިބޭ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ.</p>&mdash; MaldivianAero (@MaldivianAero) <a href="https://twitter.com/MaldivianAero/status/1793534438539980812?ref_src=twsrc%5Etfw">May 23, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> 


މޯލްޑިވިއަން އިން 'އެކްސް' ގައި ވިދާޅުވީ އޭ 320 ދިމާވި ޓެކްނިކަލް މައްސަލަޔަކާއި ގުޅިގެން، މިއަދުގެ ގަން ފްލައިޓް ކެންސެލްކުރެވިފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ޓީމުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މޯލްޑިވިއަން އިން ވަނީ މިކަމުގެ ސަބަބުން ލިބޭ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު