ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފި

5 months ago

އަފްރާހް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުމާލެ. ފްލެޓް ނަންބަރު ބީ-3-1ސީ، ޙަސަން ޒަރީރު އައްޔަން ކުރައްވައިފިއެވެ.


އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މޭ 23 ވަނަ ދުވަހި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.


ޓެކްސް އަދި އޮޑިޓަރ އާގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ޙަސަން ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަޤާމެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަންގެ މަގާމު 7 މާރިޗު 2024 އިން 23 މެއި 2024 އަށް ވަނީ އަދާކުރައްވާފައެވެ. އަދި އޭގެކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ.


ޙަސަން ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގައި ބެޗެލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާޞިލްކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފް.ސީ.އެމް.އޭ، ސީ.ޖީ.އެމް.އޭ) އާއި، އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް ގެ ކޮލިފިކޭޝަން ވެސް ހާސިލްކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު