ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު ނިޔާވެއްޖެ

5 months ago

އަފްރާހް

ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު ނިޔާވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތް ކުރަން މޫދަށް ފޭބި މީހަކު ގެންބިގެން ފަރުވާދެމުންދާ ކަމަށް މިއަދު ހެނދުނު 11:05 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.


ފުލުހުން ވިދާޅުވީ ދަނގެތި ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދެއްވާ ކަމަށެވެ. އަދި އެއީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ވިދާޅުވިއެވެ.


އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.


މި ދުވަސް ވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް، ވިއްސާރަ ދުވަސްވަރަކަށްވާތީ، މޫސުމާއިބެހޭ ގައުމީ އިދާރާ އިން ގެންދަވަނީ އެކިވަގުތަށް އެކި ސަމާލު ވެސް ނެރުއްވަމުންނެވެ. އަދި ކަނޑުދަތުރުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު