ތިން ކުއްޖަކު ކަރަންޓުގައި ޖެހިގެން ފަރުވާ ދެނީ

5 months ago

އަފްރާހް

މަގުމަތީގައި ކުޅެން އުޅުނު ތިން ކުއްޖަކު ކަރަންޓުގައި ޖެހިގެން ފަރުވާ ދޭން ފަށާއިފިއެވެ.


މާޅޮސްމަޑުލު އުތުރުބުނީ އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ތިން ކުއްޖަކު ކަރަންޓްގައި ޖެހިގެން ފަރުވާދެމުން އަންނަނީ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލްގައެވެ.


ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުގައި އެކުދިން ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރުފަހު 1:40 ހާއިރު ކަމަށެވެ. އަދި އެއީ 12 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް ބުނެއެވެ.


އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ނޫސްތަކުގައި ވަނީ އެ ތިން ކުދިންނަށް ވެސް ފަރުވާދެމުން ގެންދަނީ އެމަރޖެންސީ ރޫމް (އީއާރް) ގައި ކަމަށެވެ.


އެރަށުގެ ބައެއް ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ އެކުދިން ކަރަންޓުގައި ޖެހުނީ އުނގޫފާރު ޕާކު ސަރަހައްދުގެ މަގު ބައްތީގެ ހޮޅީގައި ޖެހިގެން ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ ވިއްސާރަވެގެން ބައްތިއަށް ކަރަންޓް އަރައިގެން ކަމަށް ބެލެވޭ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު