އެމްއެމްޕީއާރްސީ ހިންގުން ބައްސާމް އާ ހަވާލުކޮށްފި

6 months ago

އަފްރާހް

އެމްއެމްޕީއާރުސީ ގެ ހިންގުން މުހައްމަދު ބައްސާމު އާދަމް އާ ވަގުތީގޮތުން ހަވާލު ކުރައްވައިފިއެވެ.


އެ ކުންފުނި ހިންގުން ބައްސާމް އާ ހަވާލުކުރައްވާފައި މިވަނީ އެމްއެމްޕީއާރުސީ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު އެ މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.


އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމަށް މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އައްޔަން ކުރެއްވި ފާތިމަތު ތައުފީގު، އެ މަގާމުން ވަކިކުޔރައްވާފައިވަނީ މޭ 22 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުން ވަކިކުރައްވާފައި މިވަނީ އެ ކޯޕަރޭޝަންގެ ޗެއަރޕާރސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު، އެ މަގާމުން އިސްތިއުފާދެއްވާފައި ވަނިކޮށެވެ.


އެމްއެމްޕީއާރްސީގެ ޗެއަރޕާރސަންގެ މަގާމަށް ނޫރައިން އައްޔަން ކުރައްވާފައިވަނީ ފައިބެއަަހރުގެ ޑިސެމްމަރު 23 ގައެވެ. 


ކިޔުންތެރިންގެ ހިޔާލު