ހެލްތު މިނިސްޓަރ ޑރ. ޚަލީލު ޖެނީވާ އަށް

4 months ago

އަފްރާހް

ރާއްޖޭގެ ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ސުވިޓްޒަލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.


މިއީ ކޮމަންވެލްތްގެ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމާއި، ވަރލްޑް ހެލްތް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


ކޮމަންވެލްތް 36 ވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމާއި ވަރލްޑް ހެލްތް އެސެމްބްލީގެ ބައްދަލުވުންތައް އޮންނަނީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި މި މަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ.


މި ބައްދަލުވުމުގައި ސިއްހީ ދާއިރާއާއި ހިދުމަތްތައް ކުރިއެރުވުމާއި ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަަމަށް މައުލޫމާތު ލިބެއެވެ. ހާއްސަކޮށް ކުދި ގައުމުތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމާގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް މައުލޫމާތު ލިބެއެވެ.


މިމަހުގެ 16 އަދި 17 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ، ކޮމަންވެލްތް ޤައުމުތަކުގެ ތަޢުލީމީ ވަޒީރުގެ 22 ވަނަ ކޮންފަރެންސްގައި ވެސް ރާއްޖޭގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ވަނީ ބައިވެރިވެވަޑައިގެންފައެވެ.


56 ގައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމިއްޔާގެ އެންމެ ބޮޑު ބޭނުމަކީ ކުދި ގައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ ދުނިޔޭގައި އުފުލައި، އެ ގައުމުތަކުގައި އެކި ދާއިރާތަކުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގުޅިގެން މަޝްވަރާކޮށް މަސައްކަތްކުރުމެވެ.


ރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު