ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު އައްޔަންކޮށް ޗެއަރޕާރސަންއަކަށް ޢަލީ ހަބީބު

1 month ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ.


މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި އަޙްމަދު ޢަލީ ޙަބީބު، ނޫވިލާގެ، ސ. ހިތަދޫ، ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ އަދި މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 ވަނީ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އަންޔަންކޮށްފައެވެ.


ހާއްސަ އާންމު ޖަލްސާ އަށް ފަހު ބޭއްވުނު ބޭންކުގެ ބޯޑު ބައްދަލުވުމުގައި އަޙްމަދު ޢަލީ ޙަބީބު ވަނީ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.


މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ އަޙްމަދު ޢަލީ ޙަބީބު، ނޫވިލާގެ، ސ. ހިތަދޫ، ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04، ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި، ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ އެވެ. އަދި ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ އާއި މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 އެވެ.


އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ ތިން ޑިރެކްޓަރުންނަކީ ޢަބްދު ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ އާއި މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ އަދި ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ އެވެ.


ކިޔުންތެރިންގެ ހިޔާލު