އެފްއެޗްއޭއެމްގެ ގްލޯބަލީ ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރއަށް މިއަހަރުވެސް ދިރާގު

1 month ago

އަފްރާހް

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގެ ގްލޯބަލް ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓުނަރކަން މިއަހަރުވެސް ދިރާގުން ނަގައިފިއެވެ.


ރާއެްޖޭގެ ކޮންމެ އަހަރަކު ވެސް ބާއްވާ މިި ހަރަކާތުގައި ދުނިޔޭގެ އެކި ހިސާބުތަކުން، ދާއިރާގައި ހަރަކާތްތެރިވާ އެތައް ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.


ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވީ ރާއްޖޭގެ ހޮސްޕިޓައިލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން، އެ ސިނާއަތުގެ ކުރިއެރުމާއި އިނޮވޭޝަންއަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ. އަދި ގުޅުންތައް ބަދަހިކުރުމަށް އިންތިޒާމުކުރެވޭ މިފަދަ މުހިންމު އިވެންޓްތަކާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުން ދެވޭތީ އެކުންފުނިން ފަޚުރުވެރިވާ ކަމަށެވެ.


ދިވެހި އެކްސްޕޯރ ސަރވިސްއާއި ސީޑީސީ އިވެންޓްސް އެންޑް ޓްރެވަލްސް ގުޅިގެން އިންތިޒާމުކުރާ މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެމްބަރ 22 ން 25 އަށް ދަރުބާރުގޭގައެވެ.


ކިޔުންތެރިންގެ ހިޔާލު