ކަރަންޓުގައި ޖެހުނު ކުދިން ސަލާމަތްކުރަން އުޅުނު ޒުވާނާގެ ހާލު ސީރިއަސް

4 months ago

އަފްރާހް

މާޅޮސްމަޑުލު އުތުރުބުނީ އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ތިން ކުއްޖަކު ކަރަންޓްގައި ޖެހުމުން އެކުދިން ސަލާމަތް ކުރަން މަސައްކަތްކުރި ޒުވާނާގެ ހާލު ސީރިއަސްވެ، އައިސީޔޫ ގައި ފަރުވާދޭން ފަށައިފިއެވެ.


އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެކުދިން ސަލާމަތް ކުރުމަށް މަސައްކަތްކުރި 18 އަހަރުގެ ފިރިހެން ކުއްޖާ އަށް ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ. އެހެންނަމަވެސް ކަރަންޓުގައި ޖެހިގެން ގެނައި ކުދިންގެ ހާލު މިހާރު ރަނގަޅު ކަމަށް ވިދާޅުވިއެވެ.


އެކުދިން ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރުފަހު 1:40 ހާއިރު ކަމަށާއި އެއީ 12 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އެކުދިންނަށް ފަރުވާދެމުން ގެންދަނީ އެމަރޖެންސީ ރޫމް (އީއާރް) ގައި ކަމަށް ވެސް ވިދާޅުވެއެވެ.


މަައުލޫމާތު ލިބިފައިވާ ގޮތުގައި އެކުދިން ކަރަންޓުގައި ޖެހުނީ އުނގޫފާރު ޕާކު ސަރަހައްދުގެ މަގު ބައްތީގެ ހޮޅީގައި ޖެހިގެންނެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ ވިއްސާރަވެގެން ބައްތިއަށް ކަރަންޓް އަރައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު