ދިރާސީ އައު އަހަރުގެ ފުރަތަމަ ތިން ދުވަހު ކިޔަވައިދޭ ގަޑި ކުރުކުރަން އަންގައިފި

4 months ago

އަފްރާހް

ދިރާސީ އައު އަހަރުގެ ފުރަތަމަ ތިން ދުވަހު ކިޔަވައިދޭ ގަޑި ކުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.


އެ މިނިސްޓްރީން މިފަދައިން އަންގަވާފައި މިވަނީ ރާއްޖެއަށް މިހާރުކުރަުންދާ ވިއްސާރައިގާ މުސުން ގޯސްވުމުގެ ސަބަބުންނެވެ.


އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ސަރކިއުލަރއެއްގައި ވަނީ މި ފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވާ އާދީއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ސްކޫލްތަކުގެ ދަންފަޅިތައް ދެ ގަޑިއިރަށް ނުވަތަ ތިން ގަޑިއިރަށް ކުރުކުރުމަށް އަންގަވާފައެވެ.


މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާއިރު، މޫސުމާއިބެހޭ ގައުމީ އިދާރާ އިން ގެންދަވަނީ މޫސުމަށް ސަމާލުވުމަށް ތަކުރާރުކޮށް އަންގަވަމުންނެވެ. އަދި އެކި ސަމާލު ވެސް ގެންދަވަނީ ނެރުއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު