ދިވެހި ގައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫއުގެ ތައާރަފު ބައްދަލުވުންތަކެއް

1 month ago

އަފްރާހް

ދިވެހި ގައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫއުގެ ތައާރަފު ބައްދަލުވުންތައް ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދަން ފަށައިފިއެވެ.


ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ހޯލްގައި ކުރިއަށް ދިޔައީ މީގެ ފުރަތަމަ ބައްދަލުވުމެވެ. މި ތައާރަފު ސެޝަންގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ބައިވެރިވެވަޑައިގެންނެވިއެވެ.


މި ތައާރަފު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަށެވެ. އެއީ ސެޕްޓެމްބަރ 22 އަދި 23 ގައެވެ.


މިއީ ދިވެހި ގައުމިއްޔަތު އިއާދަ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ހާއްސަ މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތުގެ ދަށުން މަތީ ސަނަވީ މަރުޙަލާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުނު ފުރަތަމަ ބައްދަލުވުމެވެ. މީގެ ކުރިން ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކަށް އަމާޒުކޮށް މިފަދަ ތަޢާރަފު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.


ގައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫއުގެ ދަށުން ނިމިދިޔަ ގައުމީ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ނަމުގައި 5 ވަރެއް ކަނޑައަޅުއްވައިފައެވެ. އެއީ ދިވެހި ބަހުގެ އިސްވަރު, ދިވެހި ތަރީޚުގެ އިސްވަރު, ދިވެހި ފަންނުގެ އިސްވަރު, ދިވެހި ތަރިކައިގެ އިސްވަރު އަދި ދިވެހި ސުމޭކު އިސްވަރެވެ.


ކިޔުންތެރިންގެ ހިޔާލު