ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މާދަމާ ކުރަނީ

1 month ago

އަފްރާހް

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މާދަމާ ކުރުމަށް ނިންމާފައިވާކަމަށް ސްޓެލްކޯ އިން ހާމަކުރައްވައިފިއެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނީ 23 ސެޕްޓެމްބަރ ވާ ހޯމަ ދުވަހު ހެނދުނު 9:30 ން 11:30 އަށް ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ބޮޑުފުންގަނޑު މަގު، މަޖީދީ މަގު، ލަންސިމޫ ގޯޅި އަދި ވައިޖެހޭ މަގު ހިމެނޭ ސަރަހައްދުގައި ކަަމަށެވެ.


މީގެއިތުރުން ސަތަރު ގޯޅި، ފާށަނާކިލެގެ މަގު، ސަބްދެރިޔާ މަގު، އަނޯނާ ގޯޅި އަދި ރަށްދެބައި މަގު ހިމެނޭ ސަރަހައްދުގައި ވެސް އަޕްގްރޭޑް މަސައްކަތެއް ކުރުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދުގައި މަސައްކަތްކުރަނީ މެންދުރުފަހު 2 ން ހަވީރު 4 ޖަހަންދެނެވެ.


އެހެންވެ، އެ މަސައްކަތް ކުރަމުންދާ ވަގުތުގައި އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.


މިފަދަ މަސައްކަތެއް ކުރާނަމަ، ސްޓެލްކޯ އިން ގެންދަނީ އެކަން އާންމުރައްޔިތުންގެ ސަމާލުކަމަށް ދުރައިލާ ގެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު