ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސްގެ 20 އަހަރުވީ ގުޅުން ފާހަގަކުރުމަށް ހަރަކާތްތަކެއް

1 month ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް އާއެކު ގާއިމްކޮށްފައިވާ އެކްސްކުލޫސިވް ޕާޓްނަރޝިޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ހިދުމަތް ރާއްޖޭގައި ދެމުން އަންނަތާ 20 އަހަރު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވަން ފަށައިފިއެވެ.


މި ހަރަކާތްތައް ފެށިފައިވަނީ މިދިޔަ ޖުލައި މަހު ބޭއްވި އިވެންޓަކުންނެވެ. މި ސިލްސިލާ ހަރަކާތްތަތަކުގެ ތެރެއިން، މިއަދު އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިވަނީ ހުޅުވާލާފައެވެ.


މި ޕްރޮމޯޝަނުގެ ދަށުން ކާޑު މެންބަރުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރިކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް ގުރުއަތެއްގައި ބައިވެރިވެވޭނެއެވެ. ފްލައިޓް، ކާރު ނުވަތަ ހޮޓެލް ބުކް ކުރުމަށް ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުންނާއި ނުވަތަ އެމެޒޯން، އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މަރޗަންޓްތަކުން ގިފްޓް ކާޑު ގަތުމަށްވެސް ބީއެމްއެލް ރިވޯޑް ޕޮއިންޓް ބޭނުންކުރެވޭނެއެވެ.


މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކަން އެކްސްޕްރެސްގެ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފްކޮށް އަދި އެއަށްފަހު ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބީއެމްއެލް އިން ތައާރަފްކުރެވުނުކަމީ ލިބުނު ފަޚުރެއް ކަމަށެވެ.


" މިއަދު، އަޅުގަނޑުމެންގެ 20 އަހަރުގެ އެކްސްކްލޫސިވް ޕަރޓްނާޝިޕް އާއެކު، އެމެރިކަން އެކްސްޕްރެސް އަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑެއް." އޭނާ ވިދާޅުވިއެވެ.


ނިމާލް އިތުރަށް ވިދާޅުވީ އެމެރިކަން އެސްޕްރެސް އިން އަބަދުވެސް އެކުންފުނީގެ ކާޑު މެންބަރުންނަށް ހާއްސަ އޮފަރތައް ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން މިފަހުން ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ވެފައިވަނީ، އެކާޑުން ލިބޭ ހާއްސަ ފައިދާތަކާއެކު ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޓަކްޓަކަށްކަން ފާހަގަކުރެއްވިއެވެ.


ބީއެމްއެލް އަކީ 345،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މަރޗަންޓުންނާއެކު ރާއްޖޭގައި އެންމެ ގިނަ ކާޑު ދޫކުރާ އަދި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް އިޝުއަރ އަދި މަރޗަންޓް އެކުއަރިންގ ޕާރޓްނަރެވެ. 


ކިޔުންތެރިންގެ ހިޔާލު